ފުވައްމުލަކު ސިޓީގައި ހިންގި މާރާމާރީއަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި މީހެއްގެ ގައި ޖަހައި ހިންގި މާރާމާރީ އަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި އެވެ. މި މާރާމާރީ ހިންގާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގ...

05 Sep 2020 | 03:28

ފުވައްމުލަކު ސިޓީގައި މީހެއްގެ ގައި ޖަހައި ހިންގި މާރާމާރީ އަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންނަކީ އުމުރުން 22 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން ނެނެވެ.

ދެމީހުން ހައްޔަރު ކުރުމަށް ފަހު މުއްދަތު ޖެހުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހައިދީފައި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް