އެމެރިކާ އާއި ޔުނިސެފް ގުޅިގެން ދިވެހި ސަރުކާރަށް 750،000 ޑޮލަރު (11.5 މިލިއަން ރުފިޔާ)ގެ ބޮޑު އެހީއެއް މިއަދު ދީފިއެވެ.
ޔުނިސެފް މޯލްޑިވްސް އިން ބުނީ، މިއެހީ ބޭނުން ކުރާނީ ކޯވިޑް-19 ގެ ހާލަތުގައި ސްކޫލުތަކާއި އާންމު ތަންތަން ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ. މި އެހީއަކީ ޔުނެއިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށް ދިން އެހީއެކެވެ. މި އެހީ ބޭނުންކުރާނީ ޔުނިސެފާއި ދިވެހި ސަރުކާރު ގުޅިގެންނެވެ.
އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ، ކޯވިޑާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ ގިނަ ގައުމުތަކަކަށް އެ ގައުމުން އަންނަނީ އެކި ގޮތްގޮތުން އެހީވަމުން ކަމަށެވެ.
މި ދަނޑިވަޅުގައި އެމެރިކާ އިން ރާއްޖެ އަށް ދިން އެހީ އަށް ރާއްޖޭގައި ހުންނަ ޔުނިސެފްގެ މަންދޫބު ޑރ، މުނީރު އޭ. ސަފީލްދިން ޝުކުރު އަދާކުރެއްވި އެވެ. މިއީ ލޮކްޑައުން ލުއިކޮށް، ސްކޫލްތަކާއި އެހެނިހެން ތަންތަން އަލުން ހުޅުވަން މަސައްކަތްކުރަމުން އަންނަ ދުވަސްވަރު ކަމަށް ވާތީ، މި އެހީ މި ލިބުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ މީގެ ކުރިންވެސް ޔުނިސެފާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް