އިތުރު 148 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 146 މީހުން ޕޮސިޓިވްވެފައިވަނީ މާލޭ ސިޓީން ކަމަށެވެ. އަނެއް ދެ މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވާ ދެމީހުންނެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި 31 ބިދޭސީންނެވެ. ޕޮސިޓީވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސީޝެލްސް އާއި ނޭޕާލް މީހެކެވެ.
މިހާރު ބައްޔަށް ފަރުވާދެމުންދަނީ 1،869 މީހުންނަށެވެ. އޭގެ ތެރެއިން 110 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 80 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިހާތަނަށް ކޯވިޑުން ރަނގަޅުވެފައިވަނީ 2،706 މީހެކެވެ. މިއަދު ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ.
މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 4،594 މީހުންނެވެ. މީގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް