އދ. އޮމަދޫން މާލެ ގެނައި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އދ. އޮމަދޫން މާލެ ގެނައި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އުމުރުން 64 އަހަރުގެ މި އަންހެން މީހާ މާލެ ގެނެސްފައިވަނީ ނޭވާލުމުގައި އުނދަގޫތަކެއްވާތީ އެ އަތޮޅު މަހިބަދޫ ހޮސްޕިޓަލަށްވެސް ގެންދިއ...

05 Aug 2020 | 14:05

އދ. އޮމަދޫން މާލެ ގެނައި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 64 އަހަރުގެ މި އަންހެން މީހާ މާލެ ގެނެސްފައިވަނީ ނޭވާލުމުގައި އުނދަގޫތަކެއްވާތީ އެ އަތޮޅު މަހިބަދޫ ހޮސްޕިޓަލަށްވެސް ގެންދިއުމަށްފަހުގައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އޮމަދޫ ކައުންސިލްގެ، ކައުންސިލް މެމްބަރު އަދުނާނު އަބްދުﷲ ވިދާޅުވީ އެމީހާ މާގެ ގެންދިޔައީ އިއްޔެ ކަމަށާއި ޕޮޒިޓިވްކަން އެނގުނީ މިއަދު ހެނދުނު ކަމަށެވެ.

ޕޮޒިޓިވްކަން އެނގުމާއެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކުލަވާލާފައިވާ އުސޫލުތަކުގެ ތެރޭން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގައިވެސް އަދުނާނު ވިދާޅުވިއެވެ.

މިއީ އޮމަދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ. އޮމަދޫ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ރަށް ރަށުން ޕޮޒިޓިވް ވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް