ފުވައްމުލަކު ސިޓީން އަންހެނަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ފުވައްމުލަކު ސިޓީން އަންހެނަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިއަދު ކޯވިޑަށް އެ ސިޓީން ޕޮސިޓީވްވެފައިވަނީ 36 އަހަރުގެ އަންހެނެކެވެ....

05 Aug 2020 | 11:51

ފުވައްމުލަކު ސިޓީން އަންހެނަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިއަދު ކޯވިޑަށް އެ ސިޓީން ޕޮސިޓީވްވެފައިވަނީ 36 އަހަރުގެ އަންހެނެކެވެ. އެމީހާ އަކީ އެ ރަށު ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށް މައުލުމާތުދެ އެވެ.

އެމީހާ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ކަރަންޓީން މުއްދަތު ހަމަ ވުމުން ޓެސްޓު ކުރި އިރު އެވެ.

ފުވައްމުލަކު ސިޓީގެ އިތުރުން ހަ އޮތޮޅެއްގެ 10 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.

އެޗްޕީއޭއިން ވަނީ ހޯމް ކަރަންޓީނަށް ފޮނުވާ މީހުން ޕޮސިޓިވްވުން އިތުރުވެފައިވާތީ ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށަށް ދާން ބޭނުންވާ މީހުން ފިޔަވާ އެހެން މީހުންނަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދިނުން މެދުކަނޑާލާފައި އެވެ. މިހާރު މާލެއިން ރަށްރަށަށް ދެވޭނީ ސިއްހީ ކަންކަމުގައި މާލެ އައިސްތިބި މީހުންނާއި އެނޫން ޒަރޫރީ ހާލަތެއް މެދުވެރިވެގެން ރަށަށް ދާން ޖެހޭ މީހުންނަށް އެކަންޏެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 4،446 މީހުން ޕޮސިޓީވްވެފައިވެ އެވެ. އޭގެ ތެރެއިން 19 މީހުން މަރުވެފައިވާއިރު 2،693 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް