ޓޫރިޒަމް މިނިސްޓަރު އައްޔަން ކުރުން ލަސްވާތީ އިދިކޮޅުގެ ފާޑުކިޔުން!

ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރުން ލަސްވާތީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ސަރުކާރަށް ފަޑުކިޔައިފި އެވެ. މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހ...

05 Aug 2020 | 08:30

ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރުން ލަސްވާތީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ސަރުކާރަށް ފަޑުކިޔައިފި އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކި ކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ އެވެ.

ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރުން ލަސްވާތީ ފާޑު ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ތެރޭގައި ގުރުއަތުލައިގެން ނަމަވެސް އެ މިނިސްޓްރީއަށް ބޭފުޅަކު އައްޔަން ކުރަން ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމު މިއޮތް ހާލަތުގައި ވީހާވެސް އަވަހަކަށް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރެވެން ޖެހޭ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ބޭނުންވާ ޓޫރިސްޓުންނަށް ޕީސީއާރު ޓެސްޓު ހެދޭނެ ގޮތެއް ނެތިގެން ގިނަ ޓޫރިސްޓުންތަކެއް ރާއްޖޭގައި ތާށިވެފައި ތިބިކަމަށް މީޑިއާގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. ސައީދު ވިދާޅުވީ ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލި އިރު އަސާސީ ގިނަ އިންތިޒާމްތައް ހަމަ ނުޖެހޭ ކަމަށެވެ.

މިފަދަ ކަންކަމާއި ހެދި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

https://twitter.com/em_saeed/status/1290890623432536064

ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާޜުން ބުނަމުން ދިޔަޢީ ރިސޯތުތައް ހުޅުވުމާއި އެކު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަން ބުކިން ހައްދަމުންދާ ކަމަށެވެ. އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ އެންމެ 1،700 އެއްހާ ޓޫރިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް