ދިވެހިން ތިބީ ލުބުނާނު ރައްޔިތުންނާއި އެކު: ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުބުނާނުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފި އެވެ. ލުބުނާނުގައި ރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވެފައިވެ އެވެ. މި ހާދިސާ އާއި ގުޅިގެން އެ ގައުމ...

05 Aug 2020 | 07:59

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުބުނާނުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

ލުބުނާނުގައި ރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވެފައިވެ އެވެ. މި ހާދިސާ އާއި ގުޅިގެން އެ ގައުމުގައި މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

މިހާދިސާ އާއު ގުޅީގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިން ތިބީ ލުބުނާނު ރައްޔިތުންނާ އެކު ކަމަށެވެ. ދުއާ އާއި ވިސްނުން ވަނީ މަރުވި އަދި ޒަހަމްވީ މީހުންނާއި އެ މީހުންގެ އާއިލާތަކާ އެކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ހާދިސާއަކީ ދުލުން ބަޔާން ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބުނު ހާދިސާއެކެވެ.

https://twitter.com/ibusolih/status/1290880557010702343

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދުގައި ރޭ ގޮވި ބާރުގަދަ ގޮވުންތަކުގެ ސަަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް އަރާފައި އެވެ. އެ ހާދިސާގައި 4،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އިރު އަދިވެސް އެތައް ބަޔަކު ޒަހަމްވެފައި ތިބޭނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގޮވާތަކެތި ރައްކާކޮށްފައިވާ ގުދަނެއްގައި ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގޮވި ގޮވުންތަކުގެ ސަބަބުން ބޭރޫތުގެ ބޮޑު ބަޔަކަށް ޝޮކްވޭވެއް ފެތުރި އެ ސަރަހައްދާ މާ ދުރުގައިވާ އިމާރާތްތައް ވެއްޓި އަނެއްބައި އިމާރާތްތަކަށް ގެއްލުން ވެފައިވެ އެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބުން އެކަށީގެންވާކަމަށް ލުބުނާންގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް