ތ. އަތޮޅާއި ގއ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:40 އާއި ހަވީރު 05:00 އާއި ދެމެދުގެ ވަގުތަށެވެ.
އެ އިދާރާއިން ބުނެފައިވަނީ މި ވަގުތުތަގައި މި ތިން އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް