މައިމީހާގެ ގާތުން ދިނުމުން ދަރިފުޅަށާއި މައިމީހާއަށް ލިބޭ ފައިދާ!

މައިމީހާގެ ގާތުން ދިނުމަކީ ސިއްހީ ގޮތުން މައިމީހާ އަށާއި ތުއްތު ދަރިފުޅަށް މުހިންމު ފައިދާތަކެއް ލިބޭ ކަމެކެވެ. މިފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ކުރިއަރާފައިވާ ގައުމުތަކުގައި ގާތުން ދެވޭ މައިންގެ ...

05 Aug 2020 | 07:49

މައިމީހާގެ ގާތުން ދިނުމަކީ ސިއްހީ ގޮތުން މައިމީހާ އަށާއި ތުއްތު ދަރިފުޅަށް މުހިންމު ފައިދާތަކެއް ލިބޭ ކަމެކެވެ.

މިފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ކުރިއަރާފައިވާ ގައުމުތަކުގައި ގާތުން ދެވޭ މައިންގެ ތެރެއިން ކުޑަދަރިފުޅަށް ގާތުން ދެނީ 30 ޕަސެންޓު އަންހެނުންނެވެ. ބައެއް އަންހެނުންނަކީ އެއްވެސް ވަރަކަށް ގާތުން ދެވޭ ގޮތް ނުވާ މީހުންނެވެ.

ގާތުން ދިނުމަކީ މައިމީހާ އާއި ދަރުފުޅާއި ދެމެދު މައިވަންތަކަމުގެ ލޯބި އިތުރުކޮށްދީ ގުޅުން ގާތްކޮށްދޭކަމެކެވެ. އޭގެ އިތުރުން އެންމެ މުހިންމީ ސިއްހީ ގޮތުން ކުރާ ފައިދާތަކެވެ.

ފުރަތަމަ ހަ މަހު ކުޑަދަރިފުޅަށް މައިމީހާގެ ގާތުން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މައިމީހާގެ ގާތުން ދެވޭ ކިރުގައި މިޓަމިން ޑީ ފިޔަފާ އަލަށް އުފަންވާ ކުދިންގެ ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައިތަކެއް އެކުލެވެ އެވެ. ހާއްސަކޮށް ދަރިފުޅު އުފަންވާ ދުވަސްކޮޅު މައިމީހާގެ ގާތުން އަންނަ ރީނދޫ ކުލައިގެ ކިރުގެ ސަބަބުން ކުޑަދަރިފުޅުގެ ހަޖަމް ކުރާ ނިޒާމް އަވަހަށް ހަމައަކަށް އެޅި ބޮޑުކަމު ދިޔުން ފަސޭހަވާނެ އެވެ.

ކުޑަކުދިން އުފަންވުމާއި ވަރަށް އަވަހަށް ހަށިގަނޑަށް ތަފާތު ވައިރަސްތައް ވަދެ ބަލިވާ ގޮތް ވެ އެވެ. މައިމީހާގެ ގާތުން ދޭ ކިރުގައި ހުންނަ އެންޓީބޮޑީސް އިން އެ ވައިރަސްތަކާއި ދެކޮޅަށް ހަކުރާމަކޮށް ކުދިން ބަލިތަކުން ދުރުކޮށްދެ އެވެ.

މައިމީހާގެ ގާތުން ދިނުމުން އެލާޖީތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ބެކްޓީރިއާގެ ސަބަބުން ބަނޑަށް ވާ އުނދަގޫތަކުން ކުޑަކުދިން ސަލާމަތް ކޮށްދެ އެވެ. އެންމެ ހާއްސަ ކަމަކީ މައިމީހާގެ ގާތުން ގަވައިދުން ދޭނަމަ ހަށިގަނޑުގައި ފެޓް ހޯމޯން އިތުރުވެ ކުޑަ ދަރިފުޅުގެ ބަރުދަން އަވަހަށް އިތުރުކޮށްދެ އެވެ.

ކުދަދަރިފުޅަށް ގާތުން ދިނުމުން މައިމީހާގެ ބަނޑުގައި ހުންނަ ލޭތައް ބޭރުވުން އަވަސްވެ ވިހޭ ބަނޑު ހިނދުމަށް އެހީވެދޭކަމަށް ދިރާސާތަކުން ދައްކަ އެވެ.

އާންމުކޮށް ވިހެއުމާއި ގުޅިގެން އަންހެނުންގެ ހޯމޯނސްްއަށް އަންނަ ބަދަލާއި އެކު ފިކުރު ކުރުން ބޮޑުވެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި މައިމީހާގެ ގާތުން ކުޑަ ދަރިފުޅަށް ކިރު ދޭނަމަ ހިޔާލުތަކާއި ފިކުރުތަކުން ދުރުކޮށްދެ އެވެ.

ބައެއް ދިރާސާތަކުގައި ބުނެފައިވާގޮތުގައި ގާތުން ދިނުމަކީ ބަރުދަން އިތުރުވާ ކަމެކެވެ. އަނެއްބައި އަންހެނުންގެ ބަރުދަން ލުއިކޮށްދެ އެވެ. ބަރުދަން އިތުރުވާތީ ކަންބޮޑުވާ މީހުން ގަބޫލު ކުރަން ޖެހޭ ކަމަކީ ގާތުން ދިނުމާއި އެއްވަރަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެވޭނަމަ އަންހެންމީހާގެ ބަރުދަން އިތުރުނުވާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް