ރާއްޖެއިން ސިއްހީ އަވަސް ފަރުވާ ބޭނުންވާ އިތުރު 150 މީހަކަށް ބޭސް ފަރުވާއަށް ދާން އިންޑިއާއިން ހުއްދަ ދީފި އެވެ.
ފުރަބަންދުގެ ފަހުން މީގެ ކުރިން ތިން ފަހަރެއްގެ މަތިންވެސް ހާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ ދިނެެވެ. މިހާތަނަށް އާސަންދައިގެ ދަށުން ޖުމްލަ 60 މީހުން ވަނީ އިންޑިއާއަށް ގޮސްފައެވެ.
ރާއްޖޭގައި ކެންސަރު ބައްޔާއި އެނޫނަސް ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ ގިނަ ބަޔަކު، ކޯވިޑް ލޮކްޑައުންއާ ގުޅިގެން ބޭހަށް އިންޑިއާއަށް ނުދެވިފައި އެބަތިއްބެވެ.
އިންޑިއާގެ ހައިކޮމިޝަނުން ބުނީ އަލަށް ހުއްދަ ދިން މީހުން ވަރަށް އަވަހަށް އިންޑިއާއަށް ފުރާނެ ކަމަށެވެ.
https://twitter.com/abdulla_shahid/status/1290633142206775297
އިންޑިއާގެ އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވުމަށް ދެ ގައުމުގެ ރައްޔިތުން ގުޅި ލާމެހިފައި އޮތުން ކޮންމެހެންވެސް މުހިންމު ކަމަށެވެ.
އިންޑިއާ ދާން ދިވެހިންނަށް ހާއްސަ ހުއްދައެއް ދިން ނަމަވެސް އެ ގައުމަށް ދެވޭނީ ކޮވިޑްް-19 އަށް ޓެސްޓު ކުރުމަށް ފަހު ބައްޔަށް ނެގެޓިވްވާ މީހުންނަށެވެ. އަދި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް އެ ގައުމަށް ދިޔުމަށް ފަހު ފުރިހަމަ ކުރަންޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް