ބަންދުތެރޭވެސް އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ޙިދުމަތްތައް ލިބޭނެ

ސަރުކާރު ބަންދުވިނަމަވެސް އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ޙިދުމަތްތައް ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މިމަހުގެ ހަތަރު ވަނަ ދުވަހުން ހަ ވަނަ ދުވަހަށް ސަރުކާރު އ...

05 Aug 2020 | 06:34

ސަރުކާރު ބަންދުވިނަމަވެސް އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ޙިދުމަތްތައް ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިމަހުގެ ހަތަރު ވަނަ ދުވަހުން ހަ ވަނަ ދުވަހަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ  ނިންމެވިކަމުގައިވިޔަސް، މި މުއްދަތުގައި އެ މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޙިދުމަތްތައް ލިބޭނެކަމަށެވެ.

އެ މިނިސްޓްރީ އިން ދެމުންދާ ޙިދުމަތްތަކަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޙިދުމަތްތައްވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އޮންލައިން ޚިދުމަތްތައް ފިޔަވައި އެހެނިހެން މުހިންމު ޚިދުމަތަކަށް އެ މިނިސްޓްރީގެ އީމެއިލްއަށް މެއިލްކުރެވޭނެކަމަށާއި، މިނިސްޓްރީން ދޭ ޙިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާނަމަ މިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް