މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކައުންޓަރުތަކުން ދޭ ހިދުމަތްތައް މިއަދާއި މާދަމާ ބަންދު ނަމަވެސް ފީތައް އޮންލައިންކޮށް ދެއްކޭނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ކޯވިޑް-19 ފެތުރުން އިތުރުވަމުން އަންނާތީ މި ހަފްތާގައި ސަރުކާރު އޮފީސްތައްވެސް ވަނީ ނުހުޅުވަން ނިންމާފައެވެ.
މީރާއިން ބުނެފައިވަނީ އެހެންކަމުން ބުދަ އަދި ބުރާސްފަތި ދުވަހު މީރާގެ ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް މިރާއަށް ދައްކަން ޖެހޭ ފީތައް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ.
އެގޮތުން ފީތައް ދެއްކުމަށް މީރާ ކަނެކްޓް އަދި ވާރު ޕޭ ހިޔާރު ކުރުމަށް މީރާއިން އެދެއެވެ. އަދި މި މުއްދަތުގައި މީރާއަށް ގުޅަން ބޭނުންވާ ފަރާތްތަކުން 9821415 އަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރުމަށް މީރާއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް