ވޯލްޑް ކަޕްގައި ފުޓުބޯޅަ މުބާރާތެއް ބަލަން މީހުން ދަނޑަށް ވަދެ --
މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ގެ ރައުންޑް އޮފް 16 ގައި ޓިކެޓު އެންމެ އަގުބޮޑު މެޗު އޮންނާނީ މިރޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރައުންޑް އޮފް 16 ގެ މެޗުތައް ފެށުނީ ރޭގައި އެވެ. ރޭ ވަނީ މޮރޮކޯ އާއި ކެނެޑާ ބައްދަލުކޮށް މޮރޮކޯ އަދި ފްރާންސް އާއި ޕެރަގުއޭ ބައްދަލުކޮށް ފްރާންސް މޮޅުވެގެން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި އެވެ.
ޓިކެޓް ޑޭޓާ ޑޮޓްކޮމް އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެންމެ ޓިކެޓު އަގުބޮޑު މެޗަކީ މިރޭ ފަތިހު އިންގްލޭންޑާއި މެކްސިކޯ ބައްދަލު ކުރާ މެޗެވެ. މި މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގަކީ 3،574 ޑޮލަރެވެ. މި މެޗު އޮންނާނީ މެކްސިކޯގެ މެކްސިކޯ ސިޓީގައި އެވެ.
ދެން އެންމެ އަގުބޮޑީ އެމެރިކާ އާއި ބެލްޖިއަމް ކުޅޭ މެޗުގެ ޓިކެޓެވެ. އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގަކީ 1،635 އެމެރިކާ ޑޮލަރެވެ. ރިޕޯޓުތައް ބުނާގޮތުގައި މި މެޗުގެ ޓިކެޓުގެ އަގު ތިން ދުވަސް ތެރޭގައި 30 ޕަސެންޓަށް ވަނީ ދަށްވެފައި އެވެ.
އެހެން މެޗުތަކުގެ ޓިކެޓުގެ އަގަށް ބަލާއިރު ތިން ވަނައިގަ އުޅެނީ އާޖެންޓީނާ އާއި މިސްރު ބައްދަލު ކުރާ މެޗުގެ ޓިކެޓެވެ. އެ މެޗުގެ ޓިކެޓެއްގެ އަގު އުޅެނީ 1،599 ޑޮލަރަށެވެ.
ސްޕެއިން އާއި ޕޯޗުގަލް ބައްދަލު ކުރާ މެޗުގެ ޓިކެޓުގެ އަގަކީ 1،367 ޑޮލަރެވެ.
ކުރިޔަށް ހުރި މެޗުތަކުގެ ތެރެއިން ހާހަކުން ދަށުގައި ޓިކެޓުގެ އަގު އުޅެނީ ސްވިޓްޒަލޭންޑާއި ކޮލަމްބިއާ ބައްދަލު ކުރާ މެޗެވެ. އެއީ އެންމެ އަގު ހެޔޮ ޓިކެޓެއް 972 ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް