އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވި ތާށިވެފައިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ތިބި މީހުން ގެންނަން މޯލްޑީވިއަން ބުދަ ދުވަހު ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުގެ ޓިކެޓު ނަގަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށެވެ. މި ދަތުރާ ގުޅޭ މައުލޫމާތު 3335544 އަށް ގުޅައިގެން ހޯދޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މި ފްލައިޓުގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށެވެ. އަދި އެޗްޕީއޭގެ "ހާލު ބެލުން" ޕޯޓަލްގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.
މޯލްޑިވިއަން އިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އޮންލައިންކޮށް ޗެކިން ވެވޭގޮތް ހަމަޖައްސާފައި އެވެ. ފްލައިޓު އޮންނަ ގަޑީގެ12 ގަޑިއިރު ކުރިން ޗެކިންއަށް ވާން ފެށޭއިރު އޮންލައިން ޗެކިން ބަންދު ވަނީ ފްލައިޓު އޮންނަ ގަޑީގެ ހަތަރު ގަޑިއިރު ކުރިންނެވެ.
ކޯވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގައި ތަށިވެފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ވަރަށް ގިނަ ބައިނަލްއަގުވާމީ ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ލަންކާ، އިންޑިއާ، މެލޭޝިޔާ ފަދަ ގައުމުތައް ދިވެހިން ގެނައުމަށް ދަތުރުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް