އިއްލެގެ އައި ފިލްމްސްއިންވެސް ޖުމައްޔިލް އާއި ގުޅުން ކަނޑާލައިފި

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާއި އެކު މަސައްކަތް ނުކުރަން "އައި ފިލްމްސްް" އިން ނިންމައިފި އެެވެ. އައި ފިލްމްސް އަކީ މިދިޔަ އަހަރު ރިލީޒ ކުރި އެންމެ ކާމި...

05 Jul 2020 | 10:34

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާއި އެކު މަސައްކަތް ނުކުރަން "އައި ފިލްމްސްް" އިން ނިންމައިފި އެެވެ.

އައި ފިލްމްސް އަކީ މިދިޔަ އަހަރު ރިލީޒ ކުރި އެންމެ ކާމިޔާބު ފިލްމު "ބަވަތި" ގެ ޑައިރެކްޓަރު އިލްޔާސް އަބްދުﷲގެ ކުންފުންޏެކެވެ. މިކުންފުނީގެ އިތުރުން ޑާކްރެއިން އެންޓަޓައިންމެންޓުން ވަނީ ޖުމައްޔިލް އާއި އެކު މަސައްކަތް ނުކުރަން ނިންމާފައި އެވެ.

އައި ފިލްމްސް އިން ބުނެފައިވާގޮތުގައި މިއަހަރު އެ ކުންފުނިން ނެރުމަށް ތައްޔާރުވެފައިވާ ފިލްމު "ނީނާ"ގެ ރޯލަކަށް ޖުމައްޔިލް މީގެކުރީން ހަމަޖައްސާފައި ވާކަމަށެވެ. އަދި އެ ފިލްމުގެ ޝޫޓީންގެ މަސައްކަތް ނިންމާ މިހާރު ފިލްމު އޮތީ ޕޯސްޓް ޕްރޮޑަކްޝަނުގައި ކަމަށް ބުނެ އެވެ.

އެކަމަކު ޖުމައްޔިލްއާއި ގުޅޭ އެފަދަ މައްސަލައެއް ބަލާތީ އެ ފިލްމު ރިލީޒް ކުރުމަށްޓަކައި ގޮތެއް ނިންމާނީ ޖުމައްޔިލްގެ މައްސަލައަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށްވެސް އައި ފިލްމްސް އިން ވަނީ ބުނެފަ އެވެ. މި ފިލްމުގެ ޕްރޮމޯޝަންގައިވެސް ޖުމައްޔިލް ބައިވެރި ނުކުރަން ވަނީ ނިންމާފައި އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ކުރިޔަށް ހުރި ފިލްމުތަކުގައިވެސް ޖުމައްޔިލް އަށް ފިލްމުތައް ނުދޭނެ ކަމަށް ބުނެފައިވެ އެވެ.

އައިފިލްމްސް އިން ބުނީ ޖިންސީ އަނިޔާ އަދި ރޭޕް ފަދަ ކަންތަކާ އަބަދުވެސް އެ ޕްރޮޑަކްޝަން ދެކޮޅުވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވި ކަން އެނގުނު ނަމަވެސް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް