ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އިތުރު ދެމަފިރިއަކު މަރުވެއްޖެ އެވެ.
މި ބަލީގައި އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ އާމިނަތު އާދަމް އެވެ. އެއީ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ 14 ވަރަކަށް ދުވަސް ފަހުން އާމިނަތު އާދަމްގެ ފިރިކަލުން އަދި ނިޝާން ކަލޭފާނުގެ ލަގަބު ދައުލަތުން އަރުވާފައިވާ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ވަނީ މި ބަލީގައި އުމުރުން 79 އަހަރުގައި އަވަހާރަވެފައި އެވެ.
ކޯވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު ވަނީ އުމުރުން 77 އަހަރުގެ އަންހެނަކު ނިޔާވެފައި އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) އިން މީޑިއާގައި ބުނެފައިވާގޮތުގައި މި މީހާ އަކީ މިދިޔަ ބުރާސްފަތި ދުވަހު ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 92 އަހަރުގެ ފިރިހެން މީހާގެ އަނބިމީހާ ކަމަށެވެ.
92 އަހަރުގެ ފިރިހެން މީހާއަކީ މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި އެންމެ ދުވަސްވީ މީހާ އެވެ. އެ ދެމަފިރިންވެސް ނިޔާވެފައިވަނީ ޑީއެޗް11 ގައި ފަރުވާ ދެމުންދަނިކޮށެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑް-19 ޖެހިގެން11 މީހަކު ނިޔާވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ފަސް ބިދޭސީންނެވެ.
ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނަ ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް