ވިސާ ފީ އޮންލައިންކޮށް ބަލައިގެންނަން ފަށައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވިސާ ފީ އޮންލައިންކޮށް ދޭން ފަށައިފި އެވެ. އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ހުރިހާ ބާވަތެއްގެ ވިސާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. މިގޮތަށް ހަމަ...

05 Jul 2020 | 06:02

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވިސާ ފީ އޮންލައިންކޮށް ދޭން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ހުރިހާ ބާވަތެއްގެ ވިސާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސީ ކޯވިޑް-19 އާއި ގުޅިގެން އިމިގްރޭޝަންގެ ހިދުމަތްތައް ދިނުމުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ވިސާ ފީގެ އިތުރުން އީމެއިލް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިން ގެއްލިގެން ރިޕޯޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. ބިދޭސީއަކު ގެއްލިގެން ރިޕޯޓު ކުރަން ޖެހެނީ ކޮންމެ އީމެއިލް އަކުން ވަކި މީހަކަށެވެ.

އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ލުއި ދިނުމުގެ ގޮތުން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ވޯކް ވިސާގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ޖޫރިމަނާ ފީ ދައްކަން ނުޖެހޭ މުއްދަތު މި މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފައިވެ އެވެ. އަދި އެހެނިހެން ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ޖޫރިމަނާ ފީ ދައްކަން ޖެހޭ މުއްދަތު31 އޯގަސްޓުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ވިސާ އާ ނުކޮށް ފުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 19 ގެ ފަހުން ވިސާގެ މުއްދަތު ހަމަވި މީހުންނަށް އެކަންޏެވެ. ނަމަވެސް ވޯކް ވިސާގައި އައި މީހުންނަށް އަނބުރާ ފުރޭނީ ވިސާ އާ ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް