މިދިޔަ ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދައްކަން އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވި ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސްޓެލްކޯއިން ބުނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަ...

05 Jul 2020 | 05:39

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވި ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން ބުނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކަރަންޓު ބިލު ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބަހާލައިގެން ބިލު ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާޗް، އޭޕްރިލް، މެއި އަދި ޖޫން މަހުގެ ކަރަންޓު ބިލެވެ.

ސްޓެލްކޯއިން ބުނީ މިކަމަށް އެދެން ބޭނުންވާ ފަރާތްތަކުން ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ފޯމު އެ އޮފީހުގެ ކައުންޓަރުންނާއި މި ލިންކުން ލިބޭނެ ކަމަށެވެ. https://stelco.com.mv/rpex

ކަރަންޓު ބިލު ދެއްކުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމީ ކޯވިޑާއި ގުޅިގެން އާންމު ދިރިއުޅުމަށް އައި ބަދަލާއި ގުޅިގެންނެވެ.

https://twitter.com/STELCOMALDIVES/status/1279631039812395008

މީގެ އިތުރުން ސްޓެލްކޯއިން ބިީ މާޗް، އޭޕްރިލް އަދި މެއ މަހެކޭ އެއްގޮތަށް ޖޫން މަހުގެ ކަރަންޓު ބިލުން40 ޕަސެންޓު ޑިސްކައުންޓު ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް