ކޯވިޑް-19ގައި ދިވެހި އަންހެނަކު ނިޔާވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެމީހާ ...

05 Jul 2020 | 03:52

ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެމީހާ ނިޔާވީ ރޭ ދަންވަރު 01:52 ހާއިރު ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު މި ވައިރަހުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން މަރުވެފައިވަނީ ހަތް ދިވެހިންނާއި ހަތަރު ބިދެސީއެކެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 2435 މީހަކު ޕޮޒިޓިވް ވެފައިވާއިރ 2030 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް