ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 25 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 25 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ހަތަރު މީހަކާއި އިންޑިއާއަށް ނިސްބަތްވާ މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މީހެކެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 2435 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް