ފަހެއް ޖުލައިން އިން ނުވައެއް ޖުލައިގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
އެ ބޭންކުން ބުނެފައިވަނީ މިގޮތުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށެވެ.
މާލޭ ސިޓީގައި ގާއިމް ކުރެރިވިފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށާއި ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ ކަމުގައި ބޭންކުން ބުނެފައިވެއެވެ.
"ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެ" ބޭންކުން ބުނެފައިވެއެވެ.
ބޭންކުން ބުނެފައިވާގޮތުގައި ތިރީގައި ދެންނެވިފައިވާ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ހަމައެކަނި އޮންލައިންކޮށެވެ. ބޭންކު ހުޅުވޭ ކޮންމެ ދުވަހެއްގައިވެސް މި ހިދުމަތްތައް ދެމުންދާނެ އެންމެފަހު ވަގުތުތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމުގައި ބޭންކުން ބުނެއެވެ.
https://www.bankofmaldives.com.mv/essential-services-via-online
- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން
- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
- ލޯކަލް ބޭންކް ޓްރާންސްފަރ
- މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
- ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން
ައަދި ތިރީގައި މިވާ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމަ އެކަނި އޭޓީއެމް މެދުވެރިކޮށްކަމުގައިވެސްބުނެފައިވެއެވެ.
- ނަގުދު ފައިސާ ޖަމާކުރުން
ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
- ޗެކު ޖަމާޖުރުން
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކު ތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތައް މި ލިންކް އިން ލިބޭނެއެވެ.
ބޭންކުން ބުނެފައިވާގޮތުގައި އެ ބޭންކުން އެންމެ އިސްކަމެއްދެނީ ބޭންކްގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށެވެ. ބޭންކުން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް