ވައިރަސް ޖެހުނު އިތުރު 69 މީހަކު ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން އިތުރު 69 މީހަކު ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު 6:00 އާއި ހަމައަށް ބަލިން ރަނގަޅުވި މީހ...

05 Jun 2020 | 17:42

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން އިތުރު 69 މީހަކު ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު 6:00 އާއި ހަމައަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އިތުރުވެފައި އެވެ. އިއްޔެ އެ އަދަދު ހުރީ 648 ގައި އެވެ.

ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ ކޯވިޑްގެ އަލާމާތްތައް އެއްކޮށް ފިލައި 21 ދުވަސް ހަމަވުމުން ދެ ފަހަރު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. އޭގެ ފަހުގައި އެއްކޮށް ރަނގަޅުވި ކަމަށް ނިންމައި ދޫކޮށްލަނީ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކުރުވުމަށް ފަހު އެވެ.

ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާ ހޯދަމުންދަނީ 1،157 މީހަކަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ވައިރަހަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު އެޗްޕީއޭއިން ބުނީ މިހާރު ޕޮސިޓިވްވަމުންދަނީ ކޮންޓްރޯލް އަދަދެއް ކަމަށެވެ. އެކަމަކު ވައިރަސް އެއްކޮށް ކޮންޓްރޯލްވީ ކަމަށް ބަލައި ހިންދެމިލެވެން ނެތް ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން 1،883 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ، އޭގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް