އައްޑޫ ސިޓީ މީދޫގައި ދެބައި އުމުރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން ބުނީ އެމީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިރޭ 7:50 ހާއިރު ކަމަށެވެ.
އާއިލާ އާއި ހަވާލާ ދީ ފުލުހުން ބުނީ އޭނާ ގެއިން ނުކުމެގެން ދިޔައީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ.
އޭގެ ފަހުން އެނބުރި ގެއަށް ގޮސްފައި ނުވާކަމަށްވެ އެވެ.
ފުލުހުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް