އޭޝިއާ ފައުންޑޭޝަނުން ކުރިޔަށް ގެންދާ ލެޓްސް ރީޑް" ޕްރޮގްރާމްގައި މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނަ ފޮތް ކީ ދިވެހިން ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
މި ޕްރޮގްރާމަކީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތައް ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކާއެކު، އޭޝިއާ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެކި ބަސްބަހަށް ތަރުޖަމާކޮށްފައިވާ އެތައް ސަތޭކަ ފޮތެއް އެ ފައުންޑޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކިޔޭނެގޮތް ހެދި އެވެ.
ރާއްޖެއިން ވަނީ މިދިޔަ މަހު 3951 މީހަކު އެ ސައިޓަށް ވަދެ ފޮތްތައް ކިޔާފައިވެ އެވެ. އެމީހުން ވަނީ ޖުމްލަ 21،097 ފޮތެއް ކިޔާފައި އެވެ.
މިދިޔަ މަހު އެންމެ ގިނައިން ފޮތް ކިޔާފައިވަނީ އިންޑޮނީޝިއާ މީހުންނެވެ.
"ލެޓްސް ރީޑް ޕްރޮގްރާމްގައި 17 ގައުމަކުން ބައިވެރިވެ އެވެ. މި ޕްރޮގްރާމްގައި ރާއްޖެ ތަމްސީލް ކުރަނީ އެޑިކޭޝަން މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން ވަނީ ލޮކްޑައުނާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ މި ދުވަސްވަރު ގިނަ ގިނައިން ފޮތް ކިޔުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް