ޑިއެޗް11 ގައި ފަރުވާ ދެމުންދާ އިތުރު ދިވެއްސަކު ވެންޓިލޭޓަރަށް ލައިފި

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިޔޫގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ވެންޓިލޭޓަރަށް ލައިފި އެވެ. މީގެ ކުރިން ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ އުމުރުން88 އަހަރުގެ މީހ...

05 May 2020 | 17:52

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިޔޫގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ވެންޓިލޭޓަރަށް ލައިފި އެވެ.

މީގެ ކުރިން ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ އުމުރުން88 އަހަރުގެ މީހަކަށެވެ. އެއީ ކޯވިޑްގައި އެންމެ ފުރަތަމަ މަރުވި އާއިމިނަތް އާދަމްގެ ފިރިކަލުން ކަމަށްވެ އެވެ.

މިއަދު ވެންޓިލޭޓަރަށްލީ އުމުރުން70 އަހަރުގެ މީހެކެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ފަރާތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޑީއެޗް11 ގައި ފަރުވާ ދެމުންދާ އަނެއް ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށެވެ. އޭގެ ތެރެއިން އުމުރުން 80 އަހަރުގެ މީހަކަށް އޮކްސިޖަން ދެމުންދާ ކަމަށާއި އުމުރުން 58 އަހަރުގެ މީހާއާއި 48 އަހަރު އަދި 80 އަހަރުގެ އަނެއް މީހާގެ ހާލު ރަނގަޅު ކަމަށް ޑރ. ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން573 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލި ޖެހިފައިވާ ދެ މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް