ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދަތުރުކުރެއްވި ދޯންޏެއް ފަރަށް އަރައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ދިގުމިނުގައި 85 ފޫޓު ހުންނަ އެ ދޯނި އަރާފައިވަނީ ލ. ހުޅިމެންދޫ ކައިރި ފަރަކަށެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ފަރަށް އެރި އެ ދޯނީގައި އެމްޕީ ޖާބިރު އެބަ ހުންނެވިއެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ޖާބިރުގެ ހާލު ބަލާލެވޭ ގޮތެއް ނުވިއެވެ.
މިއީ މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމުގެ އެއްވެސް ތަފްސީލެއް ރަސްމީ އިދާރާއަކުން އަދި ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް