މިއަދުގެ މިހާތަނަށް ރާއްޖެއިން ކޯވިޑަށް ހަ މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިއަދު ޕޮސިޓިވްވެފައިވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ. އެ އެންމެންވެސް ޕޮސިޓިވްވެފައިވަނީ މާލެއިން ނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 283 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ދެން އެންމެ ގިނައިން ޕޮސިޓިވް ވެފައިވަނީ ދިވެހިންނެވެ. މިހާތަނަށް 196 ދިވެހިން ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. ދެން ހިމެނެނީ އެހެން ގައުމުތަކަށް ނިސްބަތްވާ 79 މީހުންނެވެ.
މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ހަ މީހަކަށެވެ. އޭގެ ތެރެއިން ހާލު ސީރިއަސްއީ ދެ މީހެކެވެ.
މިއަދު ޕޮސިޓިވްވެފައިވާ ހަ މީހުންނާއި އެކު ޖުމްލަ ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ557 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް