ފިޓް ޖެހުނު ކޯވިޑަށް ޕޮސިޓިވްވި ބިދޭސީ މީހާ މަރުވެއްޖެ

ރޭގެ ވަގުތެއްގައި ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާ މަރުވެއްޖެއެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. ރޭގައި އޭނާ ގެންގޮސްފައިވަނީ އ...

05 May 2020 | 08:14

ރޭގެ ވަގުތެއްގައި ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާ މަރުވެއްޖެއެވެ.

އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. ރޭގައި އޭނާ ގެންގޮސްފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭއިން ރޭގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފިޓް ޖެހިގެން ގެންދިޔަ ބިދޭސީއެއްގެ ހާލު ސީރިއަސް ކަމަށެވެ.

އެކަމަކު އެމީހާ މަރުވީ ކޯވިޑް ޖެހިގެންކަމެއް އަދި އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. އަދި މިމީހާ އާއި ގުޅޭ އިތުރު ތަފްސީލްވެސް ހާމައެއް ނުކުރެ އެވެ.

ކޯވިޑްއަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން މިމީހާގެ އިތުރުން މަރުވެފައިވަނީ އުމުރުން83 އަހަރުގެ އާމިނަތު އާދަމް ކިޔާ ދިވެއްސެކެވެ. އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް557 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް