އަސްކަރީ ހޮސްޕިޓަލް ސެނެހިޔާގައި މަސައްކަތް ކުރާ ސިފައިންގެ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ފޯނު މެދުވެރިކޮށް ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސެނަހިޔާގައި މަސައްކަތް ކުރައްވާ ހަތަރު ދާއިރާއެއްގެ ފަސް ޑޮކްޓަރަކަށް ޓެލެ ކޮންސަލްޓޭޝަން ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެއީ ކުޑަކުދިންގެ ހާއްސަ ބަލިތައް، އޮޕަރޭޝަން، ކަރުންމަތީގެ ހާއްސަ ބަލިތައް އަދި ކަށީގެ ބަލިތަކުގެ ޑޮކްޓަރުންނެވެ.
މި ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހައްދަން ގުޅަން ޖެހެނީ7969897 ނަމްބަރު ފޯނަށެވެ.
ސެނަހިޔާގެ އިތުރުން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލްގައިވެސް ވަނީ އޮންލައިންކޮށް ޓެލެފޯނާއި ވީޑިއޯ ކޯލް މެދުވެރިކޮށް ކޮންސަލްޓޭޝަންގެ ހިދުމަތް ދޭން ފަށާފައި އެވެ. އަދި އަމިއްލަ ކްލިނިކްތަކުންވެސް ދަނީ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ދެމުންނެވެ.
ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އޮންލައިންކޮށް ދޭން ފަށަން ޖެހުނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް