މިއަދު 125 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.
މިއަދު ޕޮސިޓިވް ވެފައިވަނީ މާލެއިން 64 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ އަތޮޅުތެރެއިން 46 މީހުންނާއި ރިސޯޓުތަކުން 14 މީހުންނާއި އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3237 މީހުންނެވެ.
މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 3059 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 90 މީހުންނަށެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 21،773 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 67 މީހަކު ވަނީ ނިޔާވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 24،908 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް