އެމްޑީޕީގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.
މަޖިލީހުން ހާމަކުރައްވާފައި ފޮޓޯއިން ފެންނަ ގޮތުގައި ރައީސް ނަޝީދު ދެވަނަ ޑޯޒު ޖެއްސެވީ ސެނަހިޔާ ހޮސްޕިޓަލުންނެވެ.
ރައީސް ނަޝީދު ދެވަނަ ޑޯޒު ޖައްސަވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިއަދު ޖައްސަވާފައިވެއެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހް، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެއްސެވީ ކޮވިޑު ވެކްސިން ރާއްޖޭގައި ދޭން ފެށުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް