މަރޮށި ހުޅުވާލައިފި

ށ. މަރޮށި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫޫނާ އަބޫބަކުރު ސޮއި ކުރައްވާ މަރޮށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައް...

05 Apr 2021 | 15:09

ށ. މަރޮށި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫޫނާ އަބޫބަކުރު ސޮއި ކުރައްވާ މަރޮށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި އިތުރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ރަށަށް އަރައި ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފަ އެވެ.

މަރޮށި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށު ފަޅުގައި އޮތް ދޯންޏެއްގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެގެންނެވެ.

އެ ކޭސްއާއި ގުޅިގެން މަރޮށީގައި ބަލި ފެތުރޭތޯ ބަލަން އިއްޔެގެ ނިޔަލަށް 45 ރެންޑަމް ސާމްޕަލް ނަގާފައިވެ އެވެ. މަރޮށީ ސިއްހީ މަރުކަޒުން ބުނީ އެ ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވާ ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި 17 ރަށެއް އެބަ އޮތެވެ. މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ތ. ވިލުފުށި އެކަންޏެވެ.

މިވަގުތު އަތޮޅު ތެރޭގައި 900 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް