ރައީސް ސޯލިހު ކޮވިޝީލްޑް ދެވަނަ ޑޯޒު ޖައްސަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފި އެވެ. އެމަނިކުފާނު ކޮވިޝީލްގެ ފުރަތަމަ ޑޯޒި ޖެއްސެވީ ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގ...

05 Apr 2021 | 14:30

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފި އެވެ.

އެމަނިކުފާނު ކޮވިޝީލްގެ ފުރަތަމަ ޑޯޒި ޖެއްސެވީ ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިދިޔަ ފެބްްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދެނީ ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފްތާ ފަހުންނެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެ ވަނަ ޑޯޒު ޖެއްސެވީ މިއަދު ކަމަށެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފްތާ ވެފައިވާނަމަ ދެވަނަ ޑޯޒު ޖެހުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ގުޅިގެން ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކޮށް ކާމިޔާބު ހޯދޭނެ ކަމަށެވެ.

https://twitter.com/ibusolih/status/1379077281105108997

މިހާތަނަށް ރާއްޖޭގައި ކޯވިޑް ވެކްސިން 250،633 މީހުން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 246،896 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 3،737 މީހުން ކޮވިޝީޑް ދެވަނަ ޑޯޒު ޖަހާފައިވެ އެވެ.

ކޮވިޝީލްޑް ދެ ވަނަ ޑޯޒު ދޭން ފެށީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް