ވިލުފުށްޓަށް އަރާފޭބުން މަނާކޮށްފި، ކައުންސިލުން ގަބޫލުކުރަނީ ރަށުގައި ކޮވިޑު އޮތީ ކަމަށް

ތ. ވިލުފުށިން ކޮވިޑު ކޭހެއް ފެނިގެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ. އެ ރަށުން ޕޮޒިޓިވް ވީ އެ ރަށު ކައުންސިލްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. ޕޮޒިޓިވް ވީ ބަލިވެ، އަލާމާތްތައް ފެނިގެން ނ...

05 Apr 2021 | 14:14

ތ. ވިލުފުށިން ކޮވިޑު ކޭހެއް ފެނިގެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެ ރަށުން ޕޮޒިޓިވް ވީ އެ ރަށު ކައުންސިލްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. ޕޮޒިޓިވް ވީ ބަލިވެ، އަލާމާތްތައް ފެނިގެން ނެގި ޓެސްޓަކުންނެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް ހުސެއިން އަބްދުއްސަލާމް އާދަމް ވިދާޅުވީ ޕޮޒިޓިވް ވި މީހާއަކީ ހާއްސަ ހުއްދައިގެ ދަށުން އެ ރަށަށް އަންނަ ފަރާތްތަކާވެސް ހަވާލުވެ އެ ފަރާތްތަކުގެ ކަންކަން ބަލަހައްޓަވާ ފަރާތް ކަމަށާއި ނަމަވެސް ކޮވިޑު ޖެހުނީ އޭގެން ފަރާތެއްގެ ފަރާތުންކަން ގަބޫލު ނުކުރެވޭކަމަށެވެ. އަދި ޕޮޒިޓިވް ވި މީހާ ދިރިއުޅޭ ގެއާ ޖެހިގެން ހުރި ގޭގެ ބަޔަކު މީގެ ކުރިން ޕޮޒިޓިވް ވެ މިހާރު ރަނގަޅުވެފައިވާކަންވެސް ކައުންސިލު ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް މި ކޭހާ އެ ކޭސްތަކާ ގުޅުން އޮތް ކަމަށްވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑަށް ހީވަނީ ހަމަ ރަށުގައި މިހާރު ކޮވިޑު އޮތީހެން" ކައުންސިލު ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ގުޅުން ނެތް ޕޮޒިޓިވް ކޭހެއް ފެނުމުން ރަށުގެ ކެފޭ ރެސްޓޯރެންޓްތައް ހަމަ އެކަނި ޑެލިވަރީއަށް ބަދަލުކޮށް ބައެއް އިތުރު ފިޔަވަޅުތައްވެސް އަޅަމުން އަންނަ ކަމަށެވެ. އަދި ފިހާރަތައް ބަންދު ނުކުރި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް