ޕޮލިސް ބޯޑަށް ސަފާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އަލަށް އަމަލު ކުރަން ފަށާފައިވާ “ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު” ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑަށް ސަފާ ޝަރީފު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. ޕޮލިސް ބޯޑުގައި ތިއް...

05 Apr 2021 | 10:51

އަލަށް އަމަލު ކުރަން ފަށާފައިވާ “ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު” ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑަށް ސަފާ ޝަރީފު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ.

އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.

މީގެ ތެރެއިން ސަފާ އެ ބޯޑުގެ މެމްބަރު ކަމަށް އައްޔަން ކުރަނީ އާންމުންގެ ތެރެއިން ކަނޑައަޅާ ދެ ވަނަ މެމްބަރުގެ ގޮތުގައި އެވެ. މިއަދުގެ ޖަލްސާގައި ސަފާ ޕޮލިސް ބޯޑަށް އައްޔަން ކުރަން ފާސް ކުރީ 34 މެމްބަރުންގެ ވޯޓުންނެވެ.

މީގެ ކުރިން އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ ގޮތުގައި މަޖިލީހުން ރުހުން ދީފައިވަނީ އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް