ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީތަކުގައި އަޑުނުކުންނަ އާލާތްތައް ބޭނުން ކުރުން މަނާކޮށްފި

ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީތަކުގައި އަޑުގަދަ ކުރާ އާލާތްތައް ބޭނުން ކުރުން މަނާކޮށްފި އެވެ. ޓެކްސީ ގަވައިދަށް ޓްރާންސްޕޯޓު އޮތޯރިޓީން ގެނެސްފައިވާ ހަތް ވަނަ އިސްލާހު މިއަދު ވަނީ ގެޒެޓު ކޮށްފައި ...

05 Apr 2021 | 10:34

ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީތަކުގައި އަޑުގަދަ ކުރާ އާލާތްތައް ބޭނުން ކުރުން މަނާކޮށްފި އެވެ.

ޓެކްސީ ގަވައިދަށް ޓްރާންސްޕޯޓު އޮތޯރިޓީން ގެނެސްފައިވާ ހަތް ވަނަ އިސްލާހު މިއަދު ވަނީ ގެޒެޓު ކޮށްފައި އެވެ. މި އިސްލާހަށް މިއަދު ވަނީ އަމަލު ކުރަން ފަށާފައި އެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަސްޓަމަރުންގެ ހުއްދަ ނެތި ދަތުރެއްގެ ތެރެއިން ބޭނުން ކުރެވޭނީ ޓެކްސީ ހިދުމަތް ދޭ ފަރާތުން ބޭނުން ކުރާ މުއާސަލާތީ ނިޒާމު އެކަންޏެވެ.

ގަވައިދުގައި ބުނީ އަޑު ނުކުންނަ އާލާތްތައް ދަތުރެއްގެ ތެރެއިން ޓެކްސީގައި ބޭނުން ކުރަން ވާނީ ކަސްޓަމަރުންގެ ހުއްދަ ލިބިގެން ކަމަށެވެ.

އަޑު ނުކުންނަ އާލާތްތަކުގެ ގޮތުގައި ގަވައިދުގައި ފާހަގަ ކޮށްފައިވަނީ ޓީވީ، ރޭޑިއޯ ލަވަ ޖަހާ ސެޓު ފަދަ ތަކެއްޗެވެ. ފަސިންޖަރުންގެ ރުހުން ނެތި އެފަދަ އާލާތެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެ އިސްލާހުގައި ބުނެފައިވަނީ ޓެކްސީ ސެންޓަރާއި ޓެކްސީ ހިދުމަތްދޭ އުޅަނދާ ދެމެދު ޓްރާސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާސަލާތީ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ މުވާސަލާތީ ނިޒާމުގެ ބޭނުން ހިފަންވާނީ ރިވެތި އަދަބު އިހުތިރާމާއެކު ރިވެތި ބަހުން ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް