އއ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއ...

05 Apr 2021 | 09:44

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ

ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، މަތިވެރީ ދާއިރާގެ މެމްބަރު އަލްފާޟިލް ހަސަން ޒަރީރާއި، މާޅޮސް ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާއީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވުނީ 30 މާރިޗް 2021 ވަނަ ދުވަހުއެވެ.

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ

ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައި ވެއެވެ.

މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުން ވެސް ނިމިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގައި 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި

ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން 10 ނޮވެމްބަރ 2020 ގައި އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މި މަޝްރޫޢުއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 360 ދުވަސްތެރޭގައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް