ދެ ރަށެއްގެ މަގު ހެދުން އާޜްޑީސީއާ ހަވާލުކޮށްފި

ދެރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ. އެ ދެ ރަަށަކީ ރ. ހުޅުދުއްފާރާއި މ. މުލަކެވެ. މި މަޝްރޫއުގެ ދަށުން ހުޅުދުއްފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ފެން ހ...

05 Apr 2021 | 09:16

ދެރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އެ ދެ ރަަށަކީ ރ. ހުޅުދުއްފާރާއި މ. މުލަކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުދުއްފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަ ޖެހިފައެވެ. މިމަޝްރޫގެ އަގަކީ 106 މިލިއަން ރުފިޔާއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަށާތާ 420 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

މުލަކުގެ މަގުތައް ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަ ޖެހިފައެވެ. މި މަޝްރޫގެ އަގަކީ 88 މިލިއަން ރުފިޔާއެވެ.

މިމަސައްކަތް ފަށާތާ 390 ދުވަސް ތެރޭގައި ނިންމާ ގޮތައް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުންނެވެ.

މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ދެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް