ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔަ އެމްޓީސީސީން ބުނީ އެ ރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލީ މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށްފައިވެ އެވެ. 11306 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި ވަނީ ނިންމާފައި އެވެ.
އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިންމާލި އިރު އެ ރަށު ބަނދަރުގެ 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 44 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހާފައިވާ ކަމަށެވެ. މގެ އިތުރުން 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެންޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 18.5 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި މިދިޔަ އަހަރުގެ ޖޫން އަށެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް