ދިވެހި ޒުވާން ފިރިހެނުންގެ 'ހިތްތައް ކަތިލަމުން' ދާ "ޕްރިޓީ ރޫމީ" ގެ ޓިކްޓޮކް އެކައުންޓްގައި 14 ހާހަށްވުރެ ވިނަ ފޮލޯވަރުން އުޅޭއެވެ.
90 ހާހަށްވުރެ ގިނަ މީހުން އޭނާގެ ޓިކްޓޮކް އެކައުންޓަށް ލައިކް ދީފައި ވެއެވެ. އޭނާގެ ޓިކްޓޮކްގެ ގިނަ ވީޑިއޯތައް ކުޅިފައި ހުންނަނީ ޒުވާން ފިރިހެނުންނާ އެކުގައެވެ.
އެގޮތުން ޕްރިޓީ ރޫމީ އެންމެ ގިނަ ޓިކްޓޮކް ވީޑިއޯ ކުޅިފައި ވަނީ ޓިކްޓޮކް އަސްލޫމްއާ އެކުގައެވެ. އެންމެ ފަހުން ރޫމީީ ވީޑިއޯ ކުޅިފައި ވަނީ ޓިކްޓޮކް މުނަންވަރުއާ އެކުގައެވެ.
އެއީ "ދާނަމޭ ދާނަމޭ" ލަވައެވެ. ހުޅުމާލޭގެ ރުކެއް ކައިރީގައި ކުޅިފައިވާ މި ވިޑިއޯގައި ރޫމީގެ ރުޅިގަނޑު ދައްކުވައިދޭ އިރު، މުނަންވަރު ބުނަމުން ދަނީ 'މިރޭ ދާނަން' ކަމަށެވެ.
https://www.tiktok.com/@prettyroomie/video/6947410240245599490?lang=en&is_copy_url=1&is_from_webapp=v3
މީގެ އިތުރުން މަޝްހޫރު ހިންދީ ލަވައެއް ކަމަށްވާ 'ޑިސްކޮޯދިވާނޭ' ފަދަ ރޮކް ލަވަތަކަށް ވެސް ރޫމީ ނަށާފައި ވެއެވެ.
ރުޅިއާއި ނެށުމުގެ އިތުރުން ރޫމީ ވަނީ އެކި އިހުސާސްތަކުގެ ލަވަ ކުޅިފައެވެ. އޭގެ ތެރޭގައި ލޯބީގެ ލަވައާއި ހިތާމައިގެ ލަވަވެސް ހިމެނެއެވެ.
https://www.tiktok.com/@prettyroomie/video/6942836916446301442?lang=en&is_copy_url=1&is_from_webapp=v3
ފަރި ހަރަކާތްތައް ދެއްކުމުގައި ޓިކްޓޮކްގެ ޒުވާން އަންހެން ތަރިންނަށް ވަކި ދޫނުރާކަން ރޫމީ ސާބިތުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް