ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ފިލިޕީންސް އަދި ކެންޔާގެ މީހުން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާ ގައުމުގެ ލިސްޓަށް އިތުރު ކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
އެ ގައުމުތަކުގެ މީހުން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާކޮށްފައިވަނީ އޭޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެންކަމަށް އެގައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.
ކޯވިޑް-19އިގެ ބަލިމަޑުކަމާއި ގުޅިގެން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާ ގައުމުގެތަކުގެ ތެރޭގައި ހިމަނާފައިވަނީ ހަލުވި ކަމާއި އެކު އެބަލި ފެތުރެމުންދާ ގައުމުތަކެވެ. މީގެ ކުރިންވެސް އިނގިރޭސިވިލާތުންވަނީ ކޯވިޑް ހަލުވި ކަމާއިއެކު ފެތުރެމުންދާ ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން މަނާކޮށްފައި އެވެ.
އިގިރޭސިވިލާތަށް ދަތުރުކުރުން މަނާގައުމުތަކުން އެގައުމަށް ދަތުރުކުރެވޭނީ އިގިރޭސި އަދި އައިރިޝް ޕާސްޕޯޓް އޮންނަ މީހުންގެ އިތުރުން ޔޫކޭގެ ރެސިޑެންސް ޕާމިޓް ލިބިފައިވާ މީހުން އެކަނިކަމަށް އެގައުމުން ބުނެއެވެ. އެ މީހުންވެސް ސަރުކާރުން ހުއްދަ ދީފައިވާ ހޮޓަލެއްގައި 10 ދުވަހު ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީން ފީ ދައްކަން ޖެހޭނީ އެ މީހަކު އަމިއްލައަށެވެ.
އިނގިރޭސިވިލާތަށް މީހުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓްގައި މިހާރު ގާތްގަނޑަކަށް 40 ގައުމު ހިމެނިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މެދުއިރުމައްޗާއި، އެފްރިކާއާއި، އޭޝިއާ އަދި ސައުތު އެމެރިކާއިން ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް