އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރޯދަމަސް ދެށުމާއި ދެމެދު އަންނަ ބަންދު ދުވަސްތަކުގައި މަގުމަތީގަ ކުރެވޭ އެއްވެސް މަސައްކަތަކަށް ހުއްދަ ދޫނުކުރުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުނާލެއްގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ ދުވަސްތަކުގައި މަގުމަތީގެ މަސައްކަތްތައް ކުރުމަށް ހުއްދަ ނުދޭން ނިންމީ އިންތިހާބާއި ގުޅިގެންނާއި ރޯދަ މަހަށް ތައްޔާރުވުމަށް މަގުތަކުގެ ބާރުބޮޑުވާނެތީ ކަމަށެވެ.
އެ ކައުންސިލުން ބުނީ އަންހަ ހަފްތާގައި ފެށޭ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރެވޭނީ ރޭގަނޑު ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވަނީ އެ މުއްދަތުގައި ރޭގަނޑު 10:00 ން ފަތިހު 4:00 އަށެވެ.
މިގޮތަށް ހަމަޖެއްސީ ރޯދަ މަހަކީ މާލޭގެ މަގުތަކާއި ބާޒާރުމަތީގެ ކާރޫބާރޫ ބޮޑުވެ ތޮއްޖެހޭ މަހަކަށްވާތީ، ރައްޔިތުންނަށް މިކަމުގެ ސަބަބުން ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ސްކޫލްތަށްވެސް މިހާރު ހުޅުވިފައިވުމާއެކު، ދުވާލުގެ ވަގުތުތަކަކީ މަގުތަށް އިތުރަށް ބާރުބޮޑުވާނެ ވަގުތުތަކަކަށްވުންވެސް މި ގޮތައް ބަދަލު ކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް