ކުރިއަރަމުން އަންނަ ފިލްމީ ތަރި އަދި ޓިކްޓޮކްގައި މަޤުބޫލުކަމެއް ހޯދާފައިވާ މަރިޔަމް ޝިފާއަށް މާލޭގެ މޭޔަރު ކަމަށް އެންމެ ކަމުދަނީ ޑރ. މުހައްމަދު މުއިއްޒުކަން އޭނާ ހާމަކޮށްފިއެވެ.
ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒަުއަށް ޝިފާ ތާޢީދުކުރާކަން ހާމަކޮށް ޝިފާ ބުނީ، މާލޭގެ މޭޔަރު ކަމަށް އެންމެ ކަމުދަނީ ކޮން ކެނޑިޑޭޓެއްތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރަމުން އަންނަ ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބަކީ މުއިއްޒު ކަމަށާއި މިއީ ސިޔާސީ ނިންމުމެއް ނޫން ކަމަށެވެ.
ޝިފާ ބުނީ އެ ގޮތަށް އޭނާ ނިންމީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހު އެ މަގާމަށް އެންމެ ގާބިލު ފަރާތަކީ މުއިއްޒުކަން އެނގޭތީ ކަމަށެވެ.
ޅ. ނައިފަރަށް އުފަން ޝިފާ މިހެން ބުނި އިރު، ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤާއި ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ވެސް ވަނީ މުއިއްޒު އަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.
މާލޭގެ މޭޔަރު ކަމަށް މި ފަހަރު ވާދަކުރައްވަނީ. ޕީޕީއެމްގެ ފަރާތުން ޑރ، މުހައްމަދު މުއިއްޒު، އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީއެވެ.
ލޯކަލް ކައުންސިލަތްކުގެ އިންތިޚާބު އޮންނާނީ މި މަހުގެ10 ވާ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް