ބަރަކާތްތެރި ރަމަޟާން މަސް ކައިރި ވެއްޖެއެވެ. ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ.!

އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރޯދަމަސް ކައިރިވުމުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވަވައެވެ. ޙަދީޘްފުޅު ކުރައްވ...

05 Apr 2021 | 05:24

އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ.

ރޯދަމަސް ކައިރިވުމުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވަވައެވެ.

ޙަދީޘްފުޅު ކުރައްވައެވެ.

"ބަރަކާތްތެރިވެގެންވާ ރަމަޟާންމަސް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ވަނީ، އެމަހުގައި ތިޔަބައިމީހުން ރޯދަހިފުން ފަރުޟުކުރައްވާފައެވެ. އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުވެއެވެ.އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. އަދި އެމަހުގައި އެއްހާސް މައްސަރައްވުރެ މާތްވެގެންވާ ރެޔެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެ މީހާ (ހުރިހާ) ހެޔޮކަމަކުން މަހުރޫމުވެއްޖެއެވެ."

ޞައްޙަ ކުރައްވާފައިވަނީ ޝެއިޚް އަލްބާނީ -رحمه الله

ބައްލަވާ (صحيح الترغيب 1/490)

އިބްނު ރަޖަބު رحمه الله:

ޢިލްމުވެރިން ވިދާޅުވެލައްވައެވެ :

މިޙަދީޘަކީ ރޯދަމަސް އައުމުން އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ކިޔުން ވާކަން ބަޔާންކުރާ ދަލީލެކެވެ.އަދި އެހެންކަމުން ސުވަރުގޭގެ ދޮރުތައްހުޅުވޭ މަހެއްގެ އުފާވެރި ޚަބަރު މުއުމިނަކަށް ނުދީ ހުންނާނީ ކިހިނަކުންތޯ؟ އަދި މިމަހު ނަރަކައިގެ ދޮރު ބަންދުވެފައިވާކަމުގެ އުފާވެރިޚަބަރު ދީ ތައުބާވާން ފާފަވެރިޔާއަށް ހަނދާން ނުކޮށްދޭންވީ ސާބަބެއް ނެތެވެ.؟ ޝައިޠާނުން ކަސްތޮޅު އެޅުވިފައިވާ އެފަދަ ދުވަސްވަރެއްގައި ހެޔޮކަންކަމުގެމަތިން ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްނުދީ ހުންނަންވީ ފަހެ ކޮންކަމަކާތޯ؟ އެހެނީ ދުވަސްތަކުގެ ތެރެއިން މިފަދަ ހެޔޮ ދުވަސްތަކެއް ނުވެއެވެ.

ލަޠާއިފު އަލްމަޢާރިފް -1/158

އެހެންކަމުން ރޯދަމަސް އައުމުގެ އުފާވެރިކަން ފާޅުކޮށް މުސްލިމު އަޚުންނާއި އުޚްތުންނަށް ތަހުނިޔާކިޔައި ސުންނަތް ފަތުރަމާ ހިނގާށެވެ.

ޔާ ﷲ، އަޅަމެން ހެޔޮޙާލުގައި ވަނިކޮށް ރޯދަމަހާއި ބައްދަލު ކުރައްވައި އަޅަމެންނަށް އެމަހުގެ ހެޔޮކަން ލިބިގަތުމުގެ ތައުފީޤު ދެއްވާންދޭވެ. އަދި ﷲ އަށް ކިޔަމަންތެރިކަމާއި، ތަޤުވާވެރިކަމާއި ،ޝުކުރުވެރިކަމާއި، އަޅުވެރިކަމުގައި މިމައްސަރުގައި ލައްވައި، އަދި ﷲ ގެ ދީނަށް ނަޞްރުދޭ ބައެއްކަމުގައި އަޅަމެން ލައްވާންދޭވެ.

والحمد لله رب العالمين.. آمين..

މަޝްދަރު: -ދީނީ ޢިލްމު ޕޭޖް-

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް