މާލޭގައި ހުންނަ ޖާމާލުއްދީން ސްކޫލުން ދެ މީހަކު ކޯވިޑް-19އަށް ފައްސިވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވީ އެ ސްކޫލްގެ ދެ މަސައްކަތު މުވައްޒަފުންނެވެ.
މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސުކޫލުން ވަނީ އަޅާފައެވެ. އެ ގޮތުން އެމީހުންނާ ގާތުން އެއްތާވީ މުވައްޒަފުން ވަނީ ހޯމް ކަރަންޓީނަށް ފޮނުވާލާފައެވެ.
އެ މީހުންނާ ގާތުން އެއްތާވެފައި ވަނީ ވެސް ހަމައެކަނި މަސައްކަތު މުވައްޒަފުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އެ އެންމެން ވެސް ވަނީ ކޯވިޑް-19އަށް ޓެސްޓްކޮށް ބައްޔަށް ނައްސިވެފައެވެ.
އެހެންނަމަވެސް، އެޗްޕީއޭ އާއި ސްކޫލުން ނިންމާފައި ވަނީ ރައްކާތެރިވުމުގެ ގޮތުން، އެ މުވައްޒަފުން ހޯމް ކަރަންޓީނަށް ފޮނުވާލާފައެވެ.
ޖަމާލުއްދީން ސްކޫލުން ފުރަތަމަ ވޭދަނައެއް ފެނުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު، އެ ސްކޫލްގެ މަސައްކަތު މުވައްޒަފެއްގެ ކިބައިގައި ބަލީގެ އަލާމާތްތަކެއް ހުރުމުން ސްކޫލްގެ އެދުމުގެ މަތިން ޓެސްޓްކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް