ދުވަސްވީ މީހުންނަށް ހާއްސަ ކްލިނިކެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ހުޅުވައިފި

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކްލިނިކެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ހުޅުވައިފި އެވެ. މި ކްލިނިކަކީ އެއްވެސް ދަތިކަމަކާއި ނުލާ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމާއި ޑޮކްޓަރަށް ދެ...

05 Apr 2020 | 16:58

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކްލިނިކެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ހުޅުވައިފި އެވެ.

މި ކްލިނިކަކީ އެއްވެސް ދަތިކަމަކާއި ނުލާ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމާއި ޑޮކްޓަރަށް ދެއްކުމުގައި ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުވި ކްލިނިކެވެ. މިކްލިނިކް ހުންނަނީ އެ ހޮސްޕިޓަލްގެ ތިން ވަނަ ފަންގިފިލާގައި އެވެ.

ޑޮކްޓަރަށް ދެއްކުން ކުރިޔަށް ދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 މެންދުރު ފަހު 2:00 އަށެވެ. މި ކްލިނިކަށް ދައްކަން ބޭނުންވާ ފަރާތްތަކުން ދުރާލާ ނުވަތަ ޑޮކްޓަރަށް ދައްކަން ދިއުމުގެ ކުރިން އެޕޮއިންޓްމެންޓް ހައްދާކަށް ނުޖެހޭނެ އެވެ.

ކޯވިޑް-19 ގައި އެންމެ ބޮޑަށް ބަލީގެ އަސަރުކޮށް ފުރާނައަށް ގެއްލުން ވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އުމުރުން ދުވަސްވީ މީހަކަށް ބަލި ޖެހިއްޖެ ނަމަ ހާލު ސީރިއަސްވުމުގެ ކުރިން އެ ފަރާތްތަކަށް ފަރުވާ ދިނުމުގައި ރާއްޖެއިން އިސްކަންދީ ޑޮކްޓަރުންނާއި ވީހާވެސް ގާތުން ހިދުމަތް ދޭން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އިލްތިމާސް ކުރަމުންދަނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް