ހަތަރު ރިސޯޓަކާއި 15 ސަފާރީ އަކުން މީހުން ފޭބުމުގެ ހުއްދަ ދީފި

އެއްވެސް ޓޫރިސްޓަކު ނެތް 15 ސަފާރީ އަކާއި ހަތަރު ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ. އެ ތަންތަނުގައި ތިބި މުވައްޒަފުންނާއި އެނޫން މީހުން ފޭބުމުގެ ...

05 Apr 2020 | 16:42

އެއްވެސް ޓޫރިސްޓަކު ނެތް 15 ސަފާރީ އަކާއި ހަތަރު ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

އެ ތަންތަނުގައި ތިބި މުވައްޒަފުންނާއި އެނޫން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުންނެވެ.

މުވައްޒަފުން ފޭބުމުގެ ހުއްދަ މިއަދު ދިނީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓާއި ބްރެނިއާ ކޮއްޓެފަރު ރިސޯޓުގެ އިތުރުން ރަހާ ރިސޯޓާއި ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް ރިސޯޓަށެވެ. މިއީ، ރިސޯޓްތަކުގެ މީހުން ފޭބުން މިދިޔަ މަހު މަނާ ކުރި ފަހުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާ މުވައްޒަފުން ޗުއްޓީއަށް ދާން ބޭނުންވުމުން އެ ރިސޯޓުތަކުން ޖެހެނީ މުވައްޒަފުން އެކަހެރިކޮށް14 ދުވަހު ބޭތިއްބުމަށް ފަހު އެޗްޕީއޭ މެދުވެރިކޮށް ކަރަންޓީން މުއްދަތު ހަމަވުމުން ކޯވިޑް-19 އަށް ޓެސްޓު ކުރާށެވެ. އޭގެ ފަހުން އެ މުވައްޒަފުން ރިސޯޓުން ފޭބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިހާރު ރިސޯޓުތަކުައި ގާއިމްކޮށްފައިވާ ކަރަންޓިން ފެސިލިޓީތަކުގައި800 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރެއިން73 މީހަކު ކަރަންޓީން މުއްދަތު ހަމަވުމުން ކޯވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ވުމުން ވަނީ ދޫކޮށްލާފައި އެވެ.

މާދަމާވެސް ކަރަންޓީންގައި ތިބި ބަޔަކުދޫކޮށްލަން ވަނީ ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް