ކުރިއަށް އޮތީ އެމެރިކާއަށް އެންމެ ނުރައްކާ ހަފުތާ: ޓްރަމްޕް

ވޮޝިންޓަން (އެޕްރީލް 5) - ކުރިއަށް އޮތީ އެންމެ އުނދަގޫ އަދި އެންމެ ނުރައްކާ ހަފުތާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަ...

05 Apr 2020 | 10:41

ވޮޝިންޓަން (އެޕްރީލް 5) - ކުރިއަށް އޮތީ އެންމެ އުނދަގޫ އަދި އެންމެ ނުރައްކާ ހަފުތާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ މިހާރު މި ވަންނަނީ ބިރުވެރި ހަފުތާއަކަށް ކަމަށާއި އެ ހަފުތާގެ ތެރޭގައި ފެނިގެންދާ ނަމްބަރުތައް ގޯސްވާނެ ކަމަށެވެ.

އެގޮތުން އަންނަހަފްތާގައި ވަރަށް ގިނަ މީހުން މަރު ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

300،000  އަށް ވުރެ ގިނަމީހުނ އެމެރިކާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރުވެސް މުޅި ގައުމު ލޮކްޑައުން ކުރަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ކޯވިޑް-19 ޖެހިގެން އެމެރިކާ އިން މިހާތަނަށް 311،637 މީހުން ޕޮޒިޓިވެ ވެފައިވާއިރު 8،454 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް އެމެރިކާއިން 1،045 މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް