މިނިސްޓަރުންނާއި އޮންލައިންކޮށް މަޖިލީހުގެ ކޮމިޓީން ބައްދަލުކުރަނީ

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ކަންކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ހަތަރު ވަޒީރަކާއި އޮންލައިންކޮށް ބައްދަލުކުރުމަށް ނިންމައިފި އެވެ. އ...

05 Apr 2020 | 08:23

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ކަންކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ހަތަރު ވަޒީރަކާއި އޮންލައިންކޮށް ބައްދަލުކުރުމަށް ނިންމައިފި އެވެ.

އެގޮތުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ބައްދަލުކުރުމަށް އިގްތިސާދީ ކޮމިޓީން ފާސްކޮށްފައިވެއެވެ.

އިގްތިސާދީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކޮމިޓީން ދިރާސާ ކުރާ 17 ނުކުތާގެ މައުލޫމާތުތައް ލިޔުމުން ހޯދުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވާފައިވެއެވެ. އަދި ކަމާ ގުޅުން ހުރި ހަތަރު މިނިސްޓްރީން ލިއުމުން މައުލޫމާތު ހޯދުމާއި އެކު އޮންލައިންކޮށް ކޮމިޓީން އެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވިއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ތައްގީކުރެވޭނެ ދާއިރާތައް ބެލުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހުށަހެޅުއްވި މައްސަލައަށް އިގްތިސާދީ ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް އެ މައްސަލާގައި ވެއެވެ.

އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކޭކަމަށް އަލީ އާޒިމްގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ފަރާތްތަކަށް އުޖޫރަ ދޭންވާނީ އިގްތިސާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކަށް މަތިކޮށް، އެ ފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތެއް ރޭވިގެން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް