ކޯވިޑް-19 އާ ގުޅިގެން މާލޭ ހިޔާ 2 ގެ ފުރަގަހުގައި ހިންގި ޓްރެވެލް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށް ހިދުމަތްދޭން ފަށައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޔެއިން ފެށިގެން ޓްރެވެލް ކްލިނިކަކީ ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި ކްލިނިކްގެ ހިދުމަތްތައް ލިބޭނީ ކޮންމެ ދުވަހެއްގެ ވެސް 10:00 އިން 22:00 އަށެވެ. އެގޮތުން މިތަނުން ދިވެހިންނާއި ބިދޭސީންނަށް ވެސް ޑޮކްޓަރަށް ދެއްކޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ވަނީ ހުން އައިސް، ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި މި ކްލިނިކަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ، 23 ފްލޫ ކްލިނިކެއް ވަނީ ގާއިމުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް